ފަހަތަށް
''މަގޭ ފުރާޅު'' ގެ ނަމުގައި ހަނިމާދޫ ހުރިހާ ގެއެއްގައި ސޯލާ ގާއިމް ކުރުމަށް އެކުލަވާލާ އުސޫލަށް އާއްމުންގެ ހިޔާލަށް ފުރުސަތު ހުޅުވާލުން

''މަގޭ ފުރާޅު'' ގެ ނަމުގައި ހަނިމާދޫ ހުރިހާ ގެއެއްގައި ސޯލާ ގާއިމް ކުރުމަށް އެކުލަވާލާ އުސޫލަށް އާއްމުންގެ ހިޔާލަށް ފުރުސަތު ހުޅުވާލުން

މިއީ ހަނިމާދޫ ކައުންސިލްގެ ސްމާޓް އައިލެންޑް މަޝްރޫޢުގެ ދަށުން “މަގޭ ފުރާޅު” ފިޔަވަހީގެ ދަށުން ހަނިމާދޫ ގެދޮރުގައި އޮފް ގްރިޑް ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމަށްޓަކައި ހަނިމާދޫ ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ.

ވީމާ މި އުސޫލަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު، 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ ލިންކް މެދުވެރިކޮށް ހުޅުވާލަމެވެ.

ފޯމް ލިންކް: https://forms.cloud.microsoft/r/A3u12qe5vv

އުސޫލް ލިންކް:https://canva.link/5vx4162nx6hz1ze

(ހ) މިއީ ހަނިމާދޫ ކައުންސިލްގެ 2026 ވަނަ އަހަރުގެ ވޯކްޕްލޭންގައި ހިމަނާފައިވާ "ސްކީމެއްގެ ދަށުން ސްމާޓް އައިލެނޑް ޕްރޮޖެކްޓް ގެ ފިޔަވެހީގެ ތެރެއިން ހަނިމާދޫ ގޭބީސީތަކުގައި އޮފް-ގްރިޑް ސޯލާ އެނާޖީ އިނީޝިއޭޓިވް" ގެ ދަށުން ހެދިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ " މަގޭގެ ފުރާޅު އޮފް-ގްރިޑް ސޯލާ އެނާޖީ އިނީޝިއޭޓިވް ޤާއިމްކުރުމުގެ އުސޫލު" މިހެންނެވެ.

01

ޕްރޮޖެކްޓް ގެ ނަން

(ހ) ހަނިމާދޫގެ ގޭބީސީތަކުގައި އިއާދަކުރަނިވި އިރުގެ ހަކަތަ (ސޯލާ) ގާއިމުކޮށް، ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި އަދި އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށާއި ގޭބީސީތަކުން މާލީ ގޮތުން ކުރަންޖެހޭ ހޭދަ ކުޑަކޮށް، އާއިލާތަކުގެ އިޤްތިޞާދީ ފުދުންތެރިކަން މަތިކުރުމަށާއި ރަށުގެ ރައްޔިތުން އިއާދަކުރަނިވި ހަކަތައަށް ހޭލުންތެރިކުރުވައި، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ އާދަތައް އަށަގަންނުވުމުގެ މަގުސަދުގައި ހެދިފައިވާ ޢުސޫލެކެވެ.

(ށ) ޙާއްސަ މަޤްސަދުތަކުގެ ތެރެއިން

· ކަރަންޓު ބިލު ކުޑަކުރުން.

· ތިމާވެށި ރައްކާތެރިކުރުން.

· ސާފު ހަކަތައަށް އަހުލުވެރިކުރުން.

02

މަޤްޞަދު

(ހ) މި އުސޫލަށް ޢަމަލުކުރަން ފަށާނީ މި އުސޫލު ހަނިމާދޫ ކައުންސިލްގެ އާންމު ބައްދަލުވުމުން ފާސްކޮށް ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

03

އަމަލުކުރަން ފެށުން

(ހ) ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ހިންގާ "މަގޭ ފުރާޅު" އެދި ހުށަހެޅޭނީ އަންނަނިވި ޝަރުތުތަށް ފުރިހަމަވާ ފަރާތަކުންނެވެ.

1. ރަޖިސްޓްރީކޮށްފައިވާ މީހުން ދިރިއުޅޭ ގެއަކަށްވުން، ނުވަތަ

ކައުންސިލުން ގަބޫލުކުރާ، މީހުން ދިރިއުޅޭ ވަކި ޔުނިޓަކަށްވުން.

2. ވިޔަފާރި އުސޫލުން ހިންގާ ފިހާރަ، އޮފީސް، ގުދަން، ވޯކްޝޮޕް، ގެސްޓްހައުސް ފަދަ ތަންތަން މި މަޝްރޫއުގައި ނުހިމެނޭނެއެވެ.

3. ކުރިމަތިލާ ފަރާތަކީ:

· ގޭގެ ރަޖިސްޓްރީވެފައިވާ ވެރިފަރާތް.

· ކޯ-އޯނަރުންގެ ހުއްދަ އޮތް ބައިވެރިއެއް.

· ވެރިފަރާތުގެ ގާނޫނީ ވަކީލު ނުވަތަ ބަދަލުގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް ފަރާތެއް.

4. ކަރަންޓު ގުޅާފައި ހުރުން.

5. މުސްތަގުބަލުގައި ދިރިއުޅެން ތައްޔާރުކުރާ ތަނަކަށްވުން.

6. އިންސްޕެކްޝަނަށް ހުއްދަދިނުން.

7. އިމާރާތާއި ގޯތީގައި ފުރާޅެއް އޮތުން.

04

މާގޭގެ ފުރާޅު މި ސްކީމަށް އެދި ހުށަހަޅާ ފަރާތަކުގެ ޝަރުތުތަށް

(ހ) މަގޭ ފުރާޅު ސްކީމަށް އެދި ހުށަޅަހަޅައިރު އަންނިވި ލިޔުންތަށް ހުށަހަޅަންޖެހޭނެއެވެ.

1. ދިވެހި ރައްޔިތެއްކަން އަންގައިދާ ކާޑްގެ ކޮޕީ.

2. ގޯތި ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކޮޕި.

3. ހަނިމާދޫ ކައުންސިލް އިދާރާއިން ތައްޔާތުކުރާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުން.

4. 12 މަސްދުވަހުގެ ކަރަންޓް ބިލް ހުށަހެޅުން.

05

ޝައުގުވެރިވާ ގޭބިސީތައް އާންމުކޮށް ރަޖިސްޓްރީކުރުން

(ހ) ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަތޯއާއި، ޝަރުތު ހަމަވޭތޯއާއި، އަދި އެއް ގެއަކުން ދެ ފޯމު ހުށަހަޅާފައިވޭތޯ ކައުންސިލުން ބެލުން.

06

އިދާރީ ސްކްރީނިންގް

(ހ) ހުށަހަޅާފައިވާ ބިލްތަކަށް ބަލައި ގޭބިސީތައް ވަގުތީގޮތުން ތަރުތީބުކުރުން.

(ށ) މިއީ ހަމައެކަނި އެސެސްމަންޓަށް ހޮވޭނެ ފަރާތްތައް ކަނޑައަޅާލުމަށް ބޭނުންކުރާ ތަރުތީބެކެވެ.

07

ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި ތަރުތީބުކުރުން

(ހ) ގޭބިސީތަކުގެ ފިޒިކަލް އެސެސްމަންޓް ހެދުމަށްޓަކައި އެކަމަށް ގާބިލު ކުންފުންޏެއް ކައުންސިލުން އިއުލާންކޮށް އެފަދަ ކުންފުންޔަކާއި ހަވާލުކުރުން.

08

ޓެކްނިކަލް އެސެސްމަންޓް ޚިދުމަތް ހޯދުން

(ހ) އެސެސްމަންޓް ކުންފުންޏުން ހަނިމާދޫ ކައުންސިލުން ދޭ ލިސްޓުގައިވާ ގެތަކަށް ޒިޔާރަތްކޮށް ތިރީގައިވާ ކަންކަން ކަށަވަރުކުރަންވާނެއެވެ.

1. ގޭގައި މީހުން ދިރިއުޅޭކަން ކަށަވަރުކުރުން.

2. ކަރަންޓު އެކައުންޓާއި މީޓަރަކީ އެ ގެއާއި ގުޅުންހުރި މީޓަރެއްކަން ކަށަވަރުކުރުން.

3. އިމާރާތަކީ މި މަޝްރޫއަށް އެކަށީގެންވާ މިންވަރަށް ނިމިފައިވާތަނެއްކަން ކަށަވަރުކުރުން.

4. އޮފް-ގްރިޑް ސޯލާ ހަރުކުރުމަށް ޓެކްނިކަލްގޮތުން އެ ގެ އެކަށީގެންވާކަން ކަށަވަރުކުރުން.

5. ގޭގައި އެކަށީގެންވާ ކަރަންޓު ބޭނުންވާ މިންވަރު ދެނެގަތުން (ލޯޑް ރިކުއަރމެންޓް)

6. އެ ގޭބިސީއަކަށް އެންމެ އެކަށީގެންވާ ސޯލާ، ބެޓެރީ އަދި އިންވާޓަރު ކެޓަގަރީ. (ސިންގަލް ފޭސް / 3 ފޭސް / ކިލޯ ވޯޓް)

7. ސޯލާ ޤާއިމްކުރުމުގެ ކުރިން އިސްލާހުކުރަންޖެހޭ ކަންތައްތައް ދެނެގަތުން.

09

ގޭބިސީތައް އެސެސްކުރާނެ މިންގަނޑުތަށް

(ހ) މި މަޝްރޫއަށް ބޭނުންވާ ސިސްޓަމްތަކަށް އިކުއިޕްމެންޓްސް ހޯދާނީ އާންމުކޮށް ހުޅުވައިލާގެން ބިޑް އުސޫލުންނެވެ. އަދި ހުޅުވާލެވޭ މި ބީލަމުގައި ތިރީގައި މިދަންނަވާ ކަންތަށްތައް ހިމަނަންވާނެއެވެ.

1. ހަނިމާދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ތަކެތި ސަޕްލައިކޮށްދިނުން.

2. ހަނިމާދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ގޭބީސީތަކުގައި މި ތަކެތި ހަރުކުރުމާއި ޓެސްޓުކުރުން.

3. ވޮރެންޓީ އަދި އާފްޓާ ސްލޭސްގެ ޙިދުމަތް ފޯރުކޮދިނުން.

4. ގޭބީސީތަށް މޮނީޓަރކޮށް އަދި އިތުރު ޙިދުމަތަށް ދިނުން.

10

ސިސްޓަމްތަކާއި ޚިދުމަތްތައް ހޯދުން

(ހ) މި މަޝްރޫގެ ދަށުން ބިޑު ކާމިޔާބުކުރާ ކޮންޓްރެކްޓަރުންނާއި މިމަސައްކަތްތައް ހަވާލުކޮށް ފިޔަވަހިތަކަކަށް ބަހާލައިގެން، ހަނިމާދޫގެ ގޭބީސީތަކުގައި މި ސިސްޓަމްތަށް ހަރުކޮއްދިނުން.

11

ހަރުކުރުމާއި ހަވާލުކުރުން

(ހ) ކޮންމެ ގެއަކަށްވެސް ހުށަހެޅޭނީ (01) އެކެއް ފޯމްއެވެ.

ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގެއަކަށް ހުށަހެޅޭނީ އެންމެ ފޯމެކެވެ. އެއް ފޯމަށްވުރެއް ގިނަ ފޯމު ހުށަހެޅުމަކުން، ހޮވުމުގެ ފުރުސަތެއް އިތުރެއް ނުވާނެއެވެ.

(ށ) ފުރަތަމަ ދުވަހު ފޯމު ހުށަހަޅާ ފަރާތަކާއި، އެންމެ ފަހު ދުވަހު ފޯމު ހުށަހަޅާ ފަރާތަކަށްވުރެ، އިތުރު އިސްކަމެއް ނުލިބޭނެއެވެ. ސުންގަޑީގެ ކުރިން ހުށަހަޅާ ހުރިހާ ފޯމެއްވެސް ބަލާނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހަމަހަމަކޮށްނެވެ.

(ނ) ފޯމު ހުށަހެޅުމަކީ ހަމައެކަނި އެ މަޝްރޫއުގައި ބައިވެރިވުމަށް އެދުމެވެ. އޭގެ މާނައަކީ ތިރީގައިވާ ކަންކަން ކަށަވަރުވުމެއް ނޫނެވެ. އަދި ހޮވުމުގައި ބެލެވޭ މިންގަޑުތަށް ތިރީގައި އެވަނީއެވެ.

1. ޓެކްނިކަލް އެސެސްމަންޓެއް ހެދުން.

2. މަޝްރޫއުގެ މަރުހަލާއަކަށް ހޮވުން.

3. ސޯލާ ސިސްޓަމެއް ލިބުން.

4. ވަކިވަރެއްގެ ކެޕޭސިޓީއެއް ހުރި ސިސްޓަމެއް ލިބުން.

5. ވަކި އަގެއްގައި ހަރުކޮށްދިނުން.

(ރ) ކައުންސިލްގެ ޒިންމާއަކީ އިދާރީ ކަންކަން ބެލެހެއްޓުމާއި ސުޕަވައިޒްކުރުމެވެ. ޓެކްނިކަލް ހޯދުންތައް ނިންމާނީ މިނިވަންކޮށް އައްޔަންކުރާ އެސެސްމަންޓް ކުންފުންޏަކުންނެވެ.

(ބ) އާއްމުކޮށްފައިވާ އުސޫލްތަކަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި ކައުންސިލުން ތިރީގައިމިވާ މައުލޫމާތު އާންމުކުރަންވާނެއެވެ.

1. ޝަރުތުތައް.

2. ބޭނުންވާ ލިޔެކިޔުންތައް.

3. އެއް ގެއަކުން ގިނަ ފޯމު ހުށަހަޅައިފިނަމަ އަމަލުކުރާނެ ގޮތް.

4. އެސެސްމަންޓް ހަދާނެ ގޮތް.

5. ޝަކުވާ ހުށަހަޅާނެ ގޮތް.

(ޅ) ރަޖިސްޓްރޭޝަން އަށް ހުޅުވާލުމަށްފަހު އުސޫލަށް ގެންނަ ކޮންމެ ބޮޑު ބަދަލެއް ރަސްމީކޮށް ފާސްކޮށް އާންމުކުރެވޭނެއެވެ.

12

އިދާރީ މައިގަނޑު އުސޫލުތައް

(ހ) މަޝްރޫއު ހިންގުމަށް ކައުންސިލުން ސްޓިއަރިންގް ކޮމިޓީއެއް އެކުލަވާލަންވާނެއެވެ. އެ ކޮމިޓީގެ ޒިންމާތަށް ތިރީގައި އެވަނީއެވެ.

1. މި އުސޫލު ފާސްކުރުން.

2. ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ހުއްދަދިނުން.

3. ރަޖިސްޓްރޭޝަން ޓީމު އައްޔަންކުރުން.

4. (TOR) ކުންފުނީގެ ޓާމްސް އޮފް ރެފަރެންސް އެސެސްމަންޓް ފާސްކުރުން.

5. އެސެސްމަންޓް ޚިދުމަތް ހޯދުމުގެ މަސައްކަތް ބެލެހެއްޓުން.

6. އެސެސްމަންޓް ރިޕޯޓްތައް މުރާޖައާކުރުން.

7. ބައިވެރިންގެ ވަގުތީ އަދި ދާއިމީ ލިސްޓް ފާސްކުރުން.

8. ސިސްޓަމްތައް ގަތުމާއި ހަރުކުރުމުގެ މަސައްކަތް ފެށުމަށް ހުއްދަދިނުން.

(ށ) ސްޓިއަރިންގް ކޮމިޓީއަށް އެކަށީގެންވާ ހެއްކެއް ނެތި، އެސެސްމަންޓް ކުންފުނިން ދީފައިވާ ޓެކްނިކަލް ސްކޯއަކަށް ބަދަލެއް ނުގެނެވޭނެއެވެ.

13

ކައުންސިލް ޕްރޮޖެކްޓް ސްޓިއަރިންގް ކޮމިޓީ

(ހ) ރަޖިސްޓްރޭޝަން އަދި އިދާރީ ވެރިފިކޭޝަން ޓީމްގެ ޒިންމާތަކާއި މަސައްކަތްތަށް ތިރީގައި އެވަނީއެވެ.

1. ހުށަހަޅާފައިވާ ފޯމުތައް ބަލައިގަތުން.

2. ހުށަހަޅާފައިވާ ލިޔެކިޔުންތައް ހަމަތޯ ބެލުން.

3. ހުށަހަޅާ ފަރާތްތަކަށް ރެފަރެންސް ނަންބަރު ދޫކުރުން.

4. އެއް ގެއަކުން ގިނަ ފޯމު ހުށަހަޅާފައިވޭތޯ ބެލުން.

5. މަދުވާ ލިޔުންތައް ހޯދުމަށް އެންގުން.

6. ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ ތަފާސް ހިސާބު ތައްޔާރުކުރުން.

7. ރެކޯޑްތައް ބެލެހެއްޓުން.

8. ކުރިމަތިލާ ފަރާތްތަކާ މުއާމަލާތުކުރުމާއި ޖަވާބުދާރީވުން.

9. ހުށަހަޅާ ފަރާތްތަކަށް މިމަޝްރޫއުގެ ހުރިހާ މައުލޫމާތެއް ދިނުން.

(ށ) ރެޖިސްޓްރޭޝަން އަދި އިދާރީ ވެރިފިކޭޝަން ޓީމް ކަނަޑައަޅާނީ ހަނިމާދޫ ކައުންސިލުގެ އިދާރާ މުވައްޒަފުންގެ މެދުގައެވެ.

14

ރަޖިސްޓްރޭޝަން އަދި އިދާރީ ވެރިފިކޭޝަން ޓީމު

(ހ) ހަނިމާދޫ ކައުންސިލުން އައްޔަނުކުރާ ޓެކްނިކަލް ޓީމްގެ މަސްއޫލިއްޔަތު.

1. ޝޯޓްލިސްޓް ކުރެވުނު ފޯމުތައް ދިރާސާކުރުން.

2. ޝޯޓްލިސްޓް ކުރެވުނު ގެތަކަށް ޒިޔާރަތްކޮށް އިންސްޕެކްޓްކުރުން.

3. މީޓަރާއި އެކައުންޓް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން.

4. ގޭގައި މީހުން ދިރިއުޅޭކަން ކަށަވަރުކުރުން.

5. އިމާރާތް ނިމިފައިވާ މިންވަރު ބެލުން.

6. ކަރަންޓުގެ ނިޒާމާއި އިމާރާތުގެ އޮނިގަނޑު ހުރިގޮތުން ސޯލާ ހަރުކުރެވޭނެތޯ ބެލުން.

7. އެކަށީގެންވާ ސިސްޓަމް ކެޓަގަރީއެއް ކަނޑައެޅުން.

8. އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކުރުން.

9. ޓެކްނިކަލް ސްކޯތައް ހިސާބުކުރުން.

10. ބެންޗްމާކް އަގުތައް ކަނޑައެޅުން.

11. ކުރިއަށް އޮތް ޕްރޮކިއުމަންޓަށް ބޭނުންވާ ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުން.

15

މިނިވަން ޓެކްނިކަލް އެސެސްމަންޓް ކުންފުނި

(ހ) ހުށަހަޅާ ޝަކުވަތަކަށް ޖަވާބުދާރީވާ ކޮމެޓީއެއް އެކުލަވާލާނީ ހަނިމާދޫ ކައުންސިލުންނެވެ. އަދި މުރާޖާ ކުރާނެ ކަންކަން ތިރީގައިއެވަނީއެވެ.

1. އިދާރީގޮތުން ފޯމު ބާތިލުކުރުމާ ގުޅޭ ޝަކުވާ.

2. އެއް ގޭބިސީއަކުން ގިނަ ފޯމު ހުށަހެޅިކަމަށް ނިންމި ނިންމުމާ ގުޅޭ ޝަކުވާ.

3. ކަރަންޓު ބޭނުންކުރި މިންވަރު ހިސާބުކުރުމާ ގުޅޭ ޝަކުވާ.

4. ގޭގައި މީހުން ދިރިއުޅޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާ ގުޅޭ ޝަކުވާ.

5. ޓެކްނިކަލް އެސެސްމަންޓާ ގުޅޭ ޝަކުވާ.

6. މަސްލަހަތު ފުށުއަރާކަމަށް ބުނެ ހުށަހަޅާ ޝަކުވާ.

7. އާންމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަންކަން ހިނގާފައިވާކަމަށް ބުނެ ހުށަހަޅާ ޝަކުވާ.

(ށ) ޝަކުވާއެއް ކަމަށް ބަލާނީ އެންމެ ފުރަތަމަ އެނިންމުމެއް ނިންމުމުގައި ބައިވެރިނުވާ ފަރާތްތަކުންނެވެ.

16

މިނިވަން މުރާޖައާ އަދި އެޕީލް ކޮމިޓީ

(ހ) މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން މަސްއޫލުވެރިއަކު އައްޔަންކުރަންވާނެއެވެ.

އެ ފަރާތުގެ ޒިންމާތަކަކީ:

1. ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުން.

2. ހުށަހަޅާފައިވާ އައިޑީ ކާޑާއި، ގޯތީގެ ރަޖިސްޓްރީ އަދި ބިލްތައް ރައްކާތެރިކުރުން.

3. މައުލޫމާތު ބެލުމުގެ ހުއްދަދިނުމާއި ބެކަޕް ނެގުން.

4. އެސެސްމަންޓް ކުންފުންޏަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

17

ޑޭޓާ ކަސްޓޯޑިއަން– މައުލޫމާތު ބަލަހައްޓާ ފަރާތް

(ހ) ހަނިމާދޫ ކައުންސިލުން ކޮންމެ ގޭބިސީއަކަށް އެންމެ އެކަށީގެންވާ ކެޓަގަރީ ކަނޑައަޅަންވާނެއެވެ.

އަދި ކަނޑައަޅާ ކެޓަގަރީތައް ތިރީގައި އެވަނީއެވެ.

1. ކެޓަގަރީ 1 ( އަދާއިގެ ގޭގެގެ ސިސްޓަމް )

1 ކިލޯ (Kw) ވޯލްޓުގެ ސޯލާ ޕީވީ ސިސްޓަމް. ފެށިގެން 5 (Kw) ވޯލްޓާއި ދެމެދުގެ ގޭބީސީ ތަކަށް.

2. ކެޓަގަރީ 2 ( މެދު ސައިޒް އައީލާތަކަށް ހާއްސަ)

5 ކިލޯ (Kw) ވޯލްޓުގެ ސޯލާ ޕީވީ ސިސްޓަމްއިން ފެށިގެން 8 (Kw) ވޯލްޓާއި ދެމެދުގެ ގޭބީސީ ތަކަށް.

3. ކެޓަގަރީ 3 ( ބޮޑެތި އިމާރާތަކާއި ގޭގޭއައް ހާއްސަ)

8 ކިލޯ (Kw) ވޯލްޓުގެ ސޯލާ ޕީވީ ސިސްޓަމްއިން ފެށިގެން 20 (Kw) ވޯލްޓާއި ދެމެދުގެ ގޭބީސީ ތަކަށް.

18

ސޯލާ ސިސްޓަމްގެ މިންގަނޑުތައް

(ހ) އެސްމެންޓް ޓީމްގެ ލިސްޓުން ޝަރުތުހަމަވާ ފަރާތްތަކުން ގުރުއަތަށް ދިއުން.

(ށ) ގުރުއަތުލުން ބެހިގެންދާނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބެހިގެންދާ ދާއިރާތަށް ތިރީގައި އެވެނީއެވެ.

1. ކެޓަގަރީ 1 ( ކައުންސިލުން ހުޅުވާލާ މިންވަރަށް )

2. ކެޓަގަރީ 2 ( ކައުންސިލުން ހުޅުވާލާ މިންވަރަށް )

3. ކެޓަގަރީ 3 ( ކައުންސިލުން ހުޅުވާލާ މިންވަރަށް )

(ރ) މި މާއްދާގެ ށ ގައި ބަޔާންކުރާ ކެޓަގަރީތަކަށް އިތުރަށް ހޯވޭ ބައިވެރިން މި މަޝްރޫގެ ދެވަނަ ފިޔަވަހީގެ ގުރުއަތުލުމަށް ދެވޭނެއެވެ.

19

ހޮވޭ ފަރާތުގެ ފުރަތަމަ ފިޔަވަހިގައި ހޮވޭނެ މިންގަނޑު

(ހ) މި ޕޮއިންޓްގައި ފާހަގަކޮށްލާފައި އެވަނީ އެސެސްމަންޓް ޓީމުން، އެގެއަކަށް އިސްލާހެއް ގެންނަން ބޭނުންވެގެން، އިސްލާހެއް ގެންނަންބުނެ އެ އެއިސްލާހެއް ގެނައުން ލަސްވެއްޖެ ހިނދެއްގައި، ފޯމު ބާތިލްނުކޮށް، އެފޯމް ތަރުތީބު ލިސްޓްގެ ފަހަތައް ދާނެ ކަމަށެވެ.

20

ދާއިމީކޮށް ބާތިލުކުރުމުގެ ބަދަލުގައި ފަސްކުރުން

(ހ) ޝަރުތުހަމަވާ ގޭބިސީތައް ތަރުތީބުކުރާނީ ލިބުނު ޖުމްލަ ސްކޯ އެންމެ މަތިން ތިރިއަށެވެ. ކޮންމެ މަރުހަލާއެއްގައި ހޮވޭނެ އަދަދު ބިނާވާނީ ތިރީގައިވާ ކަންކަމުގެ މައްޗަށެވެ:

1. މަޝްރޫއަށް ހުއްދަދެވިފައިވާ ކެޕޭސިޓީ. ( ފުރަތަމަ ފިޔަވަހި )

2. ލިބެން ހުރި ފަންޑު. (ޖުމަލަ ބަޖެޓް ފުރަތަމަ ފިޔަވަހި)

3. ޕްރޮކިއުމަންޓް ތާވަލު.

4. ސާމާނު ލިބެން ހުރި މިންވަރު. ( ސޯލާ ސިސްޓަމްގެ އަދަދު )

5. ހަރުކުރުމުގެ ގާބިލުކަން.

6. ޓެކްނިކަލްގޮތުން ތައްޔާރުވެފައިވާ ގެތަކުގެ އަދަދު.

7. މަސައްކަތުގެ ފަސޭހައަށްޓަކައި ސަރަހައްދީ ގޮތުން ބަހާލެވޭ ބަހާލުން.

21

ފައިނަލް ތަރުތީބާއި މަރުހަލާތަކަށް ހޮވުން

(ހ) މަސައްކަތުގެ ޚަރަދު ކުޑަކުރުމަށާއި، ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި، އަދި ޚިދުމަތް އަވަސްކުރުމަށްޓަކައި، ކައުންސިލުން ސަރަހައްދީ ގޮތުން ގޭބިސީތައް ގްރޫޕްކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް މިގޮތަށް އަމަލުކުރަންވާނީ އާންމުކޮށްފައިވާ ތަރުތީބަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން، ލިޔުމުން ފެންނަން އޮންނަ ސަބަބުތަކަކާ އެކުގައެވެ.

22

ސަރަހައްދީގޮތުން ބަހާލުން

(ހ) ހަނިމާދޫ ކައުންސިލުން ޖަހައިދޭ ސޯލާގެ ކެޓެގެރީތަކުން މަހު ކުލީގެ ގޮތުގައި ނެގޭނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

1. ހަނިމާދޫ ކައުންސިލާއި ބައިވެރިޔާއާއި މެދު އެއްބަސްވުމެއްގެ ދަށުން ޕީވީ ސޯލާ ޤާއިމްކުރުމަށް ދާ ޙަރަދުގެ 0.77 އިންސައްތަ ރުފިޔާ 10 އަހަރުގެ ދުވަހަށް ބަހާލައިގެން ކައުންސިލަށް ޖާމާކުރުން.

2. ކުލި ނަގަން ފަށާނީ ސޯލާ ޤާއިމްކުރުމަށް ފަހުގައިއެވެ.

23

ކުލި ނެގުން