ފަހަތަށް
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހދ. ހަނިމާދޫ ކައުންސިލާ ބައްދަލުކުރައްވައިފި

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހދ. ހަނިމާދޫ ކައުންސިލާ ބައްދަލުކުރައްވައިފި

‏މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހދ. ހަނިމާދޫ ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ދެކެވުނު ބައެއް މުހިންމު ކަންތައްތައް.

  • ހަނިމާދޫ ކައިރީގައި ސްޕޯޓްސް ފިޝިން ބޮއެއް ގާއިމްކޮށްދެއްވުން.

  • ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާއިރު، ބަނދަރުގައި އައިސް ޕްލާންޓެއް ގާއިމްކުރެވޭގޮތަށް ބަނދަރު ޑިޒައިންކުރުން.

  • ހަނިމާދޫ ބަނދަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށްދެއްވުން.

  • ކޫލް ސްޓޯރޭޖެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

  • އެއާޕޯޓް އުތުރު ސޭފްޒޯން ދަނޑުވެރިކަމާއިގުޅޭ މަސައްކަތައް ބޭނުންކުރުމާއިމެދު މަޝްވަރާކުރުން.

  • ހަނިމާދޫ ލޭންޑްޔޫސް ޕްލޭން މިނިސްޓްރީއިން އެޕްރޫވްނުދީ ލަސްވަމުންދާތީ ކައުންސިލުގެ ކަންބޮޑުވުން ފާހަގަކުރެއްވި.

  • ހަނިމާދޫ އެއާޕޯޓް ހިމަކޮޅު، ޓޫރިޒަމަށް ބޭނުންކުރުމަށް ކައުންސިލުން ބޭނުންވާކަމަށް ހުށައެޅުނު.

  • ހަނިމާދޫ އެއާޕޯޓުގެ ފިއުލް ފާމް

  • ހަނިމާދޫއިން ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތަކަށް ނެގި އަދި ނަގަމުންދާ ރުއްގަހުގެ ބަދަލު އާއްމު ރައްޔިތުންނަށް ދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެވުނު.

މިނިސްޓްރީގެ ފަރާތުން ފާހަގަކޮށްލެވުނު ކަންތައްތައް.

  • ހަނިމާދޫ ރުއްގަހުގެ އަޕްޑޭޓެއް މިނިސްޓަރ ބައްލަވާދެއްވަވާނެކަން ފާހަގަކޮށްލަދެއްވި.

  • ހަނިމާދުގައި އައިސް ޕްލާންޓެއް އަދި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުން މުހިއްމުކަން ފާހަގަކުރެއްވި.

  • އެއާޕޯޓް ސޭފް ޒޯން ބޭނުންކުރާނެ ގޮތްތަކާއިބެހޭގޮތުން މަޝްވަރާކުރެެއްވެވި.

  • ‏ހަނިމާދޫ މަގުތަކުގައި ގަސްއިންދުމުގެ މަޝްރޫޢަށް މިނިސްޓްރީގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވުން.

  • ‏ކުދި ރުކުމަޑި ކޮންޓްރޯލްކުރުމަށް ބޭނުންވާ ޕެސްޓިސައިޑް ކައުންސިލަށް ހަދިޔާކުރެއްވުން.